ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާ ގާނޫނެއް އޮތުން މުހިންމު: މިނިސްޓަރ ޝިދާތާ

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަން ޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ ހަރުދަނާ ގާނޫނެއް ފާސްކުރުން ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. 100 ދުވަހުގެ ވ...

30 Dec 2018 | 09:20

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަން ޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ ހަރުދަނާ ގާނޫނެއް ފާސްކުރުން ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ހިމެނޭ ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން، މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުންވެސް ހަރުދާނާ ގާނޫނެއް އޮތުމަކީ ވަރަށް މުހިންމު ކަމަކަށް ވާތީ، ރައްޔިތުންގެ މަޖީލަށް މިހާރު ބިލެއް ހުށައަޅާފައި ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ބިލު ފާސްވެ ތަންފީޒުކުރެވެން ފެށުމުން ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް