އިލެކްޝަން ކޮމިޝަނުގެ ކުލަޔާއި ލޯގޯ ބަދަލުކުރަން ނިންމައިފި

އިލެކްޝަނު ކޮމިޝަނުގެ ކުލަޔާއި ލޯގޯ ބަދަލުކުރަން އެކޮމިޝަނުން ނިންމައިފި. އެ ކޮމިޝަނުން މިކަން ހާމަކުރެއްވީ، އެކޮމިޝަނުގެ ތަރުޖަމާނު އަދި މެމްބަރެއް ކަމަށްވާ އަހުމަދު އަކްރަމު ރޭގަ ކުރެއްވި ޓުވީޓެއްގަ...

30 Dec 2018 | 09:16

އިލެކްޝަނު ކޮމިޝަނުގެ ކުލަޔާއި ލޯގޯ ބަދަލުކުރަން އެކޮމިޝަނުން ނިންމައިފި.

އެ ކޮމިޝަނުން މިކަން ހާމަކުރެއްވީ، އެކޮމިޝަނުގެ ތަރުޖަމާނު އަދި މެމްބަރެއް ކަމަށްވާ އަހުމަދު އަކްރަމު ރޭގަ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި އަކްރަމު ވީދާޅުވެފައިވަނީ ކޮމިޝަނުގެ ލޯގޯއަށް އިތުރު ފުރިހަމަ ކަމެއް ގެންނާން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ޓުވީޓަށް ފަހު އިލެކްޝަނު ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމު ދެއްވި އިނޓަރވިއުއެއްގައި، އެބޭފުޅާ ވިދާޅުވެފައިވަނީ އެ މަސައްކަތް ކުރުމަށް ހިޔާލު ކުރާތާ މިހާރު ދެއަހަރެއްހާ ދުވަސް ވަނީ ކަމަށާއި އަދި މިހާރު އެކަމުގެ މަޝްވަރާތައް ރަސްމީކޮށް ފައްޓަވާފައިވާކަމަށެވެ. އަދި އެކޮމިޝަނުގެ ކުލަޔާއި އާ ލޯގޯ މިއަންނަ އަހަރުގެ ޖެނުއަރީ މަހުގައި އާއްމު ކުރެވޭނެ ކަމަށްވެސް ދެންނެވިއެވެ.

މީގެ އިތުރުންވެސް އަކްރަމް ވިދާޅުވި ގޮތުގައި، މިހާރު އެކޮމިޝަނުން ބޭނުންކުރައްވާ ކުލަޔަށާއި ލޯގޯއަށް ވަރަށް މީހުން ފާޑުކިޔުއްވާކަމަށާއި އަދި ލޯގޯއާއި ކުލަ އައު ކުރަން ނިންމެވީ އެކަމަށްވެސް ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ.

އިލެކްޝަނު ކޮމިޝަނުން ބޭނުންކުރައްވާ ކުލަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުން ނުކުރެއްވޭނެ ކަމަށް ދާދި ފަހުން ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސް ޔާމީނު އުފައްދަވާ ޕާޓީ (ޕީއެންސީ) ގެ ކުލަ އިލެކްޝަނު ކޮމިޝަނުން ބޭނުންކުރައްވާ ކުލަޔާއި އެއް ކުލައަކަށްވުމުން އެކުލަ ބަދަލުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް