ސިޑި ގޮޅީގައި ހުރި ކުނިތަކުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މ.އަޖްމީސްޓަރ، ސިޑި ގޮޅީގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން މައުލޫމާތު ދޭގޮތުގައި އެހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:20 ހާ...

30 Dec 2018 | 07:03

މ.އަޖްމީސްޓަރ، ސިޑި ގޮޅީގައި ހުރި ކުނިތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސް އިން މައުލޫމާތު ދޭގޮތުގައި އެހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 4:20 ހާއިރު ކަމަށެވެ. އަދި ފަޔަރ އެނޑް ރެސްކިއު ސާރވިސް އަށް ހަބަރު ލިބުމާއިއެކީ ވަގުތުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައި ވާކަމަށެވެ. އަދި އެ ސާރވިސްއިން މައުލޫމާތު ދޭގޮތުގައި 4:31 ހާއިރު އަލިފާން ގަނޑު އެއްކޮށް ނިއްވާލާފައި ވާކަމަށެވެ.

އެހަދިސާ ހިނގި ވަގުތު މުޅި އިމާރާތުގައި އެއްކޮށް ދުންތައް ބޯވެފައި ވާތީ، އިމާރާތުގައި ދިރިއުޅޭ މީހުން ސަލާމަތްތެރިކަމާއެކު އިމާރާތުން ބޭރަށް ނެރެފައިވާކަމަށް ވެސް ފަޔަރ އެންޑް ރެސްކިއު ޓީމުން ބުނެއެވެ.

އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަޙުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް