ކިއަރާ އަދުވާނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ!

ބޮލީވުޑްގެ ޒުވާން ބަތަލާ ކިއަރާ އަދުވާނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. މިދިޔަ ޖޫން މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" ގެ ބަޔަކުން ފެނިގެންދިޔަ ކިއަ...

30 Dec 2018 | 07:00

ބޮލީވުޑްގެ ޒުވާން ބަތަލާ ކިއަރާ އަދުވާނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

މިދިޔަ ޖޫން މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް" ގެ ބަޔަކުން ފެނިގެންދިޔަ ކިއަރާ ޗުއްޓީ ހޭދަ ކުރަމުންދަނީ ރާއްޖޭގައިކަން ހާމަ ނުކުރިނަމަވެސް އޭނާގެ ރަސްމީ އިންސްޓަގްރާމްގެ ފޮޓޯތަކުން އެއީ ރާއްޖެކަން އެނގެ އެވެ. އެކަމަކު އޭނާ ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓެއް ނޭނގެ އެވެ.

ކައިރާގެ އިންސްޓަގްރާމް ސްޓޯރީއަށް ވަނީ މޫދު ފެންނަގޮތަށް ފުރަގަހުން މޫދަށް ފައިބާތަން ފެންނަ ފޮޓޯއެއް އާންމުކޮށްފައި އެވެ. ރާއްޖޭގެ ހިތްފަސޭހަ މާހައުލުގައި ފޮތް ކިޔާ މަންޒަރު ފެންނަ ފޮޓޯ އާންމު ކޮށްފައިވެ އެވެ.

ކިއަރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މި ދުވަސްވަރު ބޮލީވުޑްގެ ިނަ ތަރިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރީތި މަންޒިލްތަކުގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. އޭގެ ތެރެގޭގައި ކިއަރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވާ ސިދާތް މަލޯތްރާވެސް ދަނީ ކޮންމެސް ގައުމެއްގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.

ކިއަރާ މިހާރު ދަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ އެއީ ޝާހިދު ކަޕޫރާ އެކު ކުޅޭ "ކަބީރު ސިންހް" އާއި އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖާ އެކު ކުޅޭ "ގުޑް ނިއުސް" ގެ އިތުރުން އަބީޝެކް ވަރުމަންގެ ބޮޑު ކާސްޓް ހިމެނޭ ފިލްމު "ކަލަންކް" އެވެ.

މިމަހު މެދުތެރޭގައި ބޮލީވުޑްގެ ބަތަލް އަލީ ފަޒާލްވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް