މޫސުމާއި ބެހޭ ގައުމީ އިދާރާއިން، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
ވައިޓް އެލާރޓް ނެރެފައި ވަނީ ތ އަތޮޅުން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 6:50 އިން މެންދުރު 12:50 ގެ ނިޔަލަށެވެ. މީގެ އިތުރުންވެސް ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ގުގުރާ ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ. އިތުރުގެ އަތޮޅުތަކަށް ކޮންމެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި، ވައިޖެހޭނީ އެންމެ ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލުގެ ދެމެދުގެ ބާރުމިނެއްގެއި ވައި ޖެހޭނެ ކަމަށް ލަފާކުރެއެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި، އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑު އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް