ރަންވީރު ސިންހް އާއި ސާރާ އަލީ ހާން ލީޑްރޯލުން ފެނިގެންދާ "ސިމްބާ" ރިލީޒް ކުރި ދުވަހު ރަންވީރަށް ޝޮކެއް ލިބިއްޖެ އެވެ.
މި ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރިލީޒް ކުރި ފުރަތަމަ ދުވަހު އިންޑިއާއިން އެކަނި "ސިމްބާ" އަށް ވަނީ 20.72 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.
މިއީ މިހާތަނަށް ރިލީޒް ކުރި ރަންވީރުގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށް ވަނީ ވެގެން ގޮސްފައި އެވެ. މިއަހަރު ރިލީޒް ކުރި އަދި ބޮޑު ކާމިޔާބެއް ހޯދި ރަންވީރުގެ ފިލްމު "ޕަދްމާވަތް" ރިލީޒް ކުރި ފުރަތަމަ ދުވަހު ލިބިފައިވަނީ 19 ކްރޯޑު ރުޕީސް އެވެ.
އެކަމުގެ އުފަލުގައި ރަންވީރު ވަނީ ރޭގަނޑުގެ ޝޯތައް ނިމުނު ގަޑިތަކަށް މުމްބާއީގެ ބައެއް ސިނަމާތަކަށް ގޮސް އާންމުން ފިލްމާ ދޭތެރޭ ދެކޭގޮތް އޮޅުންފިލުވާ ސަޕޯޓަރުންނާއި އެކު ވަގުތު ހޭދަކޮށްފައި އެވެ.
ރަންވީރުގެ އިތުރުން މި ފިލްމުގައި ސާރާ އަލީ ހާން އާއި ސޯނޫ ސުއޫދު މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ. އެކަމަކު ސާރާގެ ރޯލު މުހިންމުނަމަވެސް ފިލްމުގައި އޭނާގެ ރޯލު މާ ގިނައިން ފެނިގެން ނުދާކަމަށްވެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސާރާގެ ކެރެކްޓާ އަކީ އެ ފިލްމުގައި ހިމެނޭ ބައެއް ނޫނެވެ. އޭނާ ފިލްމުގައި ބައިވެރިކޮށް ބައެއް ހިމެނީ ސާރާ އެ ފިލްމުގައި ބައިވެރިވާން ބޭނުންވެގެން އަމިއްލައަށް ޑައިރެކްޓަރަށް މެސެޖުކޮށް އާދޭސް ކުރުމުންނެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ރޯހިތް ޝެޓީގެ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް