ހައުސިންގް ޑިވެލެޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރަކަށް ސުހެއިލް އަހުމަދު އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ސުހެއިލް އެމަގާމަށް އައްޔަން ކުރައްވާފައި ވާއިރު، އެބޭފުޅާއަކީ ހުޅުމާލެ ތަރައްގީ ކުރަން ފެށި ދުވަސްވަރުން ފެށިގެން އެކުންފުނީގެއި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސުހެއިލް ވަނީ މީގެ ކުރިންވެސް މި މަގާމު ފުރުއްވާފައެވެ. ސުހެއިލް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމާއި އެންމެ ފުރަތަމަ ހަވާލުވެލެއްވީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގަައެވެ. ނަމަވެސް، ބައެއް އަމިއްލަ ސަބަބުތަކާއި ހުރެ ކަމަަށް ބުނެ 2015 ވަނަ އަހަރު ސުހެއިލް ވަނީ އަމިއްލަފުޅަށް ވަޒީފާއިން އިސްތިއުފާ ދެއްވަވާފައެވެ.
ސިންގަޕޫރާއި ޔޫކޭއިން ކޮންސްޓަރަކްޝަން މެނޭޖްމެންޓުގެ ދާއިރާއިން އެނާ ވަނީ މަތީ ތައުލީމު ހާސިލުކުރައްވައިފައެވެ.
ސުހެއިލް މިމަގާމާއި ހަވާލުވެ ވަޑައިގަންނަވާއިރު، އެކުންފުނި އޮތީ ބަނގުރޫޓުވެފައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް