ލޯންޗަކާއި ދޯންޏެއްޖެހި ފަސް މީހަކަށް އަނިޔާވެއްޖެ

ކަނޑުމަތީގައި މިރޭ ހިނގި ހާދިސާއެއްގައި ލޯންޗަކާއި ދޯންޏެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ 11:30 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ގދ. ތިނަދޫ ކައިރިން...

29 Dec 2018 | 21:17

ކަނޑުމަތީގައި މިރޭ ހިނގި ހާދިސާއެއްގައި ލޯންޗަކާއި ދޯންޏެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިރޭ 11:30 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ގދ. ތިނަދޫ ކައިރިންނެވެ. އެކްސިޑެންޓް ވެފައިވަނީ އެ އަތޮޅު އަމާރީ ރިސޯޓްގައި ފެރީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ލޯންޗަކާއި ދޯންޏެއް ޖެހިގެންނެވެ. ނަމަވެސް އެ ދޯންޏަކީ ކޮން ރަށެއްގެ ދޯންޏެއްކަން ސާފުވެފައެއް ނުވެއެވެ.

މި ހާދިސާގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވީނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމުގައި މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ލޯންޗަށާއި ދޯންޏަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މި ކަމުގައި ރަސްމީ އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް