ދެން ތެޔޮ ބައުޒަރުތައް މާލޭގަ މަގުތަކުން ގެއްލިދާނެ – އައު ޝެޑެއް އިންޑަސްޓްރިއަލް ވިލެޖުގައި

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އެސްޓީއޯގެ ފިއުލް ޝެޑެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެސްޓީއޯއާއި އެމްޓީސީސީ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ފިއުލް ޝެޑްގެ ޑިޒައ...

30 Dec 2017 | 16:23

މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އެސްޓީއޯގެ ފިއުލް ޝެޑެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެސްޓީއޯއާއި އެމްޓީސީސީ އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ފިއުލް ޝެޑްގެ ޑިޒައިން ފޭސް ނިންމުމުގެ މަސައްކަތް ވާނީ އެމްޓީސީސީއާއި ހަވާލުކުރެވިފައެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާގޮތުގައި މި ޝެޑް ހުޅުވުމާއި އެކު އައިޖީއެމްއެޗް ކައިރީގަ އިންނަ އީޒީފިލް ޕެޓްރޯލްޝެޑް ނެގިގެންދާނެއެވެ.

މި ފިއުލް ޝެޑް ހުޅުވުމުގެ މަގްސަދަކީ މާލޭގައި ހުންނަ އެއްގަމާއި ކަނޑުގެ އުޅަނދުތަކަށް އަވަސް ގޮތެއްގައި ތެޔޮ ފޯރުކޮށްދީ ބައުޒަރ އޮޕަރޭޝަންސްތައް ހުއްޓާލުމެވެ. އެއްވެސްކަހަލަ ބާރުބޮޑުވުމެއް ނެތި މާލޭގައި މިވަގުތު ހުރި ހުރިހާ އުޅަނދުތަކަށް ތެލުގެ ހިދުމަތް ދިނުމުގެ ގާބިލްކަން މި ޝެޑަށް ލިބިފައިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް