އައު އަހަރު ފާހަގަ ކުރުމަށް މާދަމާ ރޭ، ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯ އަށް އިންޑިއާގެ މަސްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖެ އައުމަށްފަހު ލޯންޗްގައި އިނދެ މީކާ ސިންގް ބުނެފައިވަނީ މާދަމާ ރޭ އޮންނަ ޝޯ ވަރަށް ފޯރި ގަދަ ވާނެ ކަމަށާއި އެންމެހާ ދިވެހިންނަށް މި ޝޯއަށް ދައުވަތު އަރުވާ ކަމަށެވެ.
މާދަމާ ރޭ އޮންނަ ޝޯގައި މީކާ ސިންގް ގެ އިތުރުން އިންޑިއާގެ މަސްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަތޭ އަލީ ޚާންވެސް ބައިވެރިވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް