ޔަހޫދީ ސިފައިން ހުކުރު ދުވަހު ދިން ހަމަލާގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ވެއްޖެ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމުން ފަލަސްތީނުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ނިކުމެފައިވާއިރު ޔަހޫދީ ސިފައިން އިއްޔެ ދިން ބަޑީގެ ހަމަލާގައި...

30 Dec 2017 | 07:33

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމުން ފަލަސްތީނުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ނިކުމެފައިވާއިރު ޔަހޫދީ ސިފައިން އިއްޔެ ދިން ބަޑީގެ ހަމަލާގައި ޒަހަމްވި އެކަކު ފަރުވާ ދެމުން ދަނިކޮށް ޝަހީދުވެއްޖެ އެވެ.

ޝަހީދު ވެފައިވަނީ އުމުރުން 21 އަހަރުގެ ޖަމާލް މުހައްމަދު މުސްލިހް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ޝަހީދު ވެފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.

ފަލަސްތީނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި ފަލަސްތީނުގެ ގާޒާގައި ގާއިމްކޮށްފައިވާ އަލް ބޮރެއިޖް ނަމަކަށް ކިޔާ ރެފިއުޖީ ކޭމްޕެއްގެ ކައިރީގައި މުޒާހަރާކުރި އެންމެންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑީގެ ހަމަލާ ދިނެވެ.

އޭގެ ތެރެއިން 50 މީހެއްގެ ގަޔަށް ވަޒަން އަމާޒުވި އިރު ހަތަރު މީހެއްގެ ފުރާނައަށް ނުރައްކާވަވަރުގެ ޒަހަމްތައް ލިބިފައިވާކަމުގައިވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް