ހާމަނާއީ އާއި ދެކޮޅަށް ރައްޔިތުން ނިކުމެ "ލަދު ހަޔާތަށް" ގޮވައިފި !

އިރާނުގެ ސުޕްރީމް ލީޑަރު، ސައްޔިދު އަލީ ހޮސެއިނީ ހާމަނާއީ އާއި ދެކޮޅަށް އެގައުމުގައި ބޮޑު މުޒާހަރާތަކެއް ފަށައިފި އެވެ. މަސާދު ސިޓީން ފެށި މުޒާހަރާ އެގައުމުގެ ދެތިން ސިޓީއަކަށް ފުޅާކޮށްފައިވާއިރު މުޒާ...

30 Dec 2017 | 00:38

އިރާނުގެ ސުޕްރީމް ލީޑަރު، ސައްޔިދު އަލީ ހޮސެއިނީ ހާމަނާއީ އާއި ދެކޮޅަށް އެގައުމުގައި ބޮޑު މުޒާހަރާތަކެއް ފަށައިފި އެވެ.

މަސާދު ސިޓީން ފެށި މުޒާހަރާ އެގައުމުގެ ދެތިން ސިޓީއަކަށް ފުޅާކޮށްފައިވާއިރު މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ހަނގުރާމަވެރި ޖަމާއަތް، ހިޒްބުﷲ ނައްތާލުމަށެވެ. އަދި އެކި ހަނގުރާމަތަކަށް ގައުމުން ބޭރަށް ކުރާ ހަރަދުތައް އިރާނުން ހުއްޓާލުމަށެވެ. އިރާނުގެ ލީޑަރު އެކަންކަމާ ލަދުފުޅު ނުގަނޭތޯ މުޒާހަރާގެ ބައިވެރިން ސުވާލު އުފައްދަ އެވެ.

އިރާނުގެ ސުޕްރީމް ލީޑަރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށާފައިވާއިރު އިރާނުން، ސީރިޔާގެ ރައީސް ބައްސާރުލް އަސަދުގެ ވެރިކަން ދެމެހެއްޓުމަށް ކޮންމެ އަހަރަކު އެތައް ބިލިޔަނެއް ހަރަދު ކުރެ އެވެ. އަދި މެދުއިރުމަތީގެ އެކި ހަނގުރާމަތަކުގައި ހިޒްބުﷲ ޖަމާއަތަށް ކޮންމެ އަހަރަކު މިލިޔަނުން ހަރަދު ކުރަމުން ދެ އެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަނީ އެ ހަރަދު އަމިއްލަ ގައުމަށް ކުރުން މާ ބުއްދިވެރިވާނެ ކަމަށާއި ގައުމަށްޓަކައި މުޒާހަރާގެ ބައިވެރިންވެސް ތިބީ ޖާނުދޭން ތައްޔާރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް