އެޕަލް އާއި ދެކޮޅަށް ޖިނާއީ ދައުވާއެއް –ދެ އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ

ކުރީގެ މޮޑެލްތަކުގެ ފޯނުތަށް އެޕަލް އިން ގަސްތުގައި ލަސްކުރާ މައްސަލަ ފެންމަތިވެފައިވާއިރު އަދި އެކަމަށް އެޕަލް އިން އެއްބަސް ވެފައިވާއިރު މިހާތަނަށް އެޕަލް އާއި ދެކޮޅަށް 11 ދައުވާއެއް ކޮށްފައި ވެ އެވ...

30 Dec 2017 | 00:26

ކުރީގެ މޮޑެލްތަކުގެ ފޯނުތަށް އެޕަލް އިން ގަސްތުގައި ލަސްކުރާ މައްސަލަ ފެންމަތިވެފައިވާއިރު އަދި އެކަމަށް އެޕަލް އިން އެއްބަސް ވެފައިވާއިރު މިހާތަނަށް އެޕަލް އާއި ދެކޮޅަށް 11 ދައުވާއެއް ކޮށްފައި ވެ އެވެ.

12 ވަނަ ދައުވާ ކުރަނީ ފްރާންސްގެ އެންވަރަންމަންޓަލް ގްރޫޕަކުންނެވެ. އެ ގްރޫޕުން އެޕަލް އާއި ދެކޮޅަށް އުފުލަނީ ޖިނާއީ ދައުވާ އެކެވެ. އެ ދައުވާ އެ ކުންފުނިން އުފުލަނީ 2015 ވަނަ އަހަރު ފްރާންސްގެ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

ފްރާންސްގައި އެޕަލް އާއި ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ގަސްތުގައި ފޯނުގެ ސްޕީޑް ލަސްކޮށް އެޕަލްގެ އައު މޮޑެލްތައް ގަތުމަށް މަޖުބޫރު ކުރުވާކަމުގެ ދައުވާ އެވެ. މި ދައުވާ އެޕަލްގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ފްރާންސްގެ ގާނޫނުގައިވާގޮތުގެ މަތިން އެޕަލް އަށް ދެ އަހަރުގެ ޖަލު ހުކުމެއް ނުވަތަ ތިން ލައްކަ ޔޫރޯ އާއި ކުންފުނީގެ އަހަރީ އާމްދަނީގެ ފަސް އިންސައްތައިގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް