އެޕަލުން ކުރިޔަސް އަހަރެމެން ކުރީގެ ފޯނުތަކުގެ ސްޕީޑް ދަށެއް ނުކުރާނަން: ސެމްސަންގް

އެޕަލް އައިފޯނުގެ ކުރީގެ މޮޑެލްތަކުގެ ސްޕީޑް ގަސްތުގައި ލަސް ކުރާ ކަމަށް އެޕަލުން އެއްބަސްވެފައިވާއިރު އެކަން އެގޮތަށް ނުކުރާނެ ކަމަށް، ސްމާޓް ފޯނު މާކެޓްގައި އެޕަލް އާއި އެންމެ ވާދަވެރި ކުންފުނި ކަމު...

30 Dec 2017 | 00:09

އެޕަލް އައިފޯނުގެ ކުރީގެ މޮޑެލްތަކުގެ ސްޕީޑް ގަސްތުގައި ލަސް ކުރާ ކަމަށް އެޕަލުން އެއްބަސްވެފައިވާއިރު އެކަން އެގޮތަށް ނުކުރާނެ ކަމަށް، ސްމާޓް ފޯނު މާކެޓްގައި އެޕަލް އާއި އެންމެ ވާދަވެރި ކުންފުނި ކަމުގައިވާ ސެމްސަންގް އިން ބުނެފި އެވެ.

ސެމްސަންގް އިން މިހެން ބުނެފައިވަނީ "ފޯން އެރީނާ" އަށް ފޮނުވާފައިވާ އީމެއިލް އެއްގައި އެވެ.

އެ އީމެއިލްގައި ސެމްސަންގް އިން ބުނެފައިވަނީ އަޕްޑޭޓްސް ތައް މެދުވެރިކޮށް ފޯނުގެ ސްޕީޑް ދަށް ކުރުމަކީ އެ ކުންފުނިން ގެންގުޅޭ، އަދި ގެންގުޅޭނެ ޕޮލިސީއެއް ނޫން ކަމަށެވެ. އެއަށްވުރެ ކަސްޓަމަރުން އެދޭ ގޮތް މާ މުހިންމު ކަމަށް ބުނެފައި ވެ އެވެ.

ސެމްސަންގް އިން މިހެން ބުނެފައިވާއިރު އެލްޖީ އިންވެސް ހަމަ މި ބީދައިން "ފޯން އެރީނާ" އަށް ސިޓީއެއް ފޮނުވާފައި ވެ އެވެ.

އެޕަލް ފަދައިން ކުރީގެ ފޯނުތަކުގެ ސްޕީޑް ދަށް ނުކުރާނެ ކަމަށް ސެމްސަންގް އިން ބުނެފައިވާއިރު ފޯނުތަކުގެ ސްޕީޑް ގަސްތުގައި ލަސްކުރާ މައްސަލައިގާ އެޕަލް ވަނީ ހޫނުފެނަށް ވެއްޓިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް