ސިވިލް ކޯޓުގެ ފަނޑިޔާރު ޝުޖޫން, އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެ ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. ޝުޖޫން އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވީނަމަވެސް ޝުޖޫން...

30 Dec 2014 | 10:43

ސިވިލް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެ ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝުޖޫން އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައިވީނަމަވެސް ޝުޖޫން އިސްތިއުފާ ދެއްވި ސަބަބު ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ޝުޖޫން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ހިލާފު ވެފައިވޭތޯ ބަލަން ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ފެށި އެވެ.

އެ މައްސަލަ ބަލަންފެށީ ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް