މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.28 އިންސައްތަ މަތިވެފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެން.ބީ.އެސްއިން ބުނެފިއެވެ.
އެން.ބީ.އެސްއިން ނެރެފައިވާ މިދިޔަ އޮކްޓޯބަރުމަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ރިޕޯޓުގައިވާގޮތުން ފާއިތުވި އޮކްޓޯބަރުމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.28 އިންސައްތަމަތިވެފައިވާއިރު މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 0.05 އިންސައްތައިގެ މަތިވުމެކެވެ.
މަހުގެ އަގުތަކަށް އައި ބަދަލު ނުލާ އޮކްޓޯބަރު މަހުގެ އިންފްލޭޝަން ރޭޓު ހުރީ 0.43 އިންސައްތައިގައެވެ
2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް އިންފްލޭޝަން ރޭޓު ވަނީ 0.75 އިންސައްތަ އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް