ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓަރ ނ.އަތޮޅާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މިއަދު ޅ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.
މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިނިސްޓަރ ވަޑައިގެންނެވީ ރ. އަތޮޅަށެވެ
ރ އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެން މިނިސްޓަރ ވަޑައިގެންނެވީ ނ. އަތޮޅަށެވެ.
މި ދަތުރުގެ އެންމެފަހު މަންޒިލެއްގެ ގޮތުން މިނިސްޓަރ މިއަދު ވަޑައިގަންނަވާނީ ޅ. އަތޮޅަށެވެ. މިދަތުރުތައް މާދަމާ ނިމޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އެއަތޮޅުތަކުގައި ހުރި ގޮންޖެހުންތަކާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމުގެ ބޭނުމުގައި ޓުއަރިޒަމް މިނިސްޓަރ ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް