މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މާލޭ ޖަލުގައި ބަންދު ކޮށްފައި ހުރި ގޮޅީގެ މައްސަަލަތަކެއް ހުށަހަޅާފައިވާތީ، ހިއުމަންރައިޓްސް ކޮމިޝަމުން ރައީސް ޔާމީނާ ބައްދަލު ކޮށްފިއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެެވެ.
އެޗްއާރްސީއެމްގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީން ހުންނެވި ޖަލު ގޮޅީގެ މައްސަލަތަކެއް އެޗްއާރްސީއެމަށް ހުށަހަޅާފައިވާތީ އާންމު އުސޫލުން އެ މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
ރައީސް ޔާމިން މާލޭ ރިމާންޑް ޖަލުގައި ބަންދު ކޮށްފައި ހުންނެވި ގޮޅީގެ ހާލަތު ދެރަކަމަށްބުނެ ޕީޕީއެމާއި ޕީއެންސީން އެ މައްސަލަ ވަނީ އެޗްއާރުސީއެމްގެ ސަމާލުކަމަށް ގެނަސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް