ޕީޖީއަށް ކުރިމަތިލާ މީހުނަށް ލިޔުން ދޭން މިއަދު އީސީ ހުޅުވައިފި

ފަނޑިޔާރު ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަ މަގާމައް ކުރިމަތި ލައްވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދޫކުރަންޖެހޭ ލިއުން ދޫކުރުން ބަންދު ދުވަހަކަސް މިއަދު ކުރިއަށް ދާނެ ކަމަށް...

30 Nov 2019 | 09:56

ފަނޑިޔާރު ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ކަމުގެ މަ މަގާމައް ކުރިމަތި ލައްވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ދޫކުރަންޖެހޭ ލިއުން ދޫކުރުން ބަންދު ދުވަހަކަސް މިއަދު ކުރިއަށް ދާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީން ބުނީ ޕީޖީގެ މަގާމަށާއި ފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެ ކޮމިޝަނުން ހޯދަން ޖެހޭ ޕާޓީއެއްގައި އުޅޭކަން ނުވަތަ ނޫޅޭ ކަމުގެ ލިޔުން ދޫކުރުން އަވަސް ކޮށްދޭން މިއަދު މެންދުރުން 12:00 އިން 6:00 އާ ހަމައަށް ކޮމިޝަންގެ އިދާރާ ހުޅުވާފައި ހުންނާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުކަމަށް ރައީސް ފޮނުއްވީ މ. ގުލްފާމްގެ، އަހްމަދު މުއުތަސިމް އަދުނާންގެ ނަން ފުޅެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ރައީސް ފޮނުއްވާފައި ވަނީ ސ. މީދޫ، ހަސަންކާރިގެ ހުސްނުއްސުއޫދާއި މ. ވޭސައިޑް އަބްދުއްރައޫފް އިބްރާހީމްގެ ނަންފުޅެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް