މަސްވެރިކަމާ ބެހޭ ވަޒީރު، ގެމަނަފުށީ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވައިފި

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ގެމެނަފުށްޓަށް ވަޑައިގެން ގެމަނަފުށީގެ މަސްވެރިންގެ ޝަކުވާ އަޑުއައްސަވައިފިއެވެ. ޒަހާގެ މި ދަތުރުފުޅާއި ގުޅޭ ރަސްމީ މައުލޫމާތެއ...

30 Nov 2018 | 10:45

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ގެމެނަފުށްޓަށް ވަޑައިގެން ގެމަނަފުށީގެ މަސްވެރިންގެ ޝަކުވާ އަޑުއައްސަވައިފިއެވެ.

ޒަހާގެ މި ދަތުރުފުޅާއި ގުޅޭ ރަސްމީ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގެމަނަފުށީ މަސްވެރިންގެ ޓްވިޓާ އެކައުންޓްގައި ބުނެފައިވަނީ މިނިސްޓަރު ޒަހާ ގެމަނަފުށްޓަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރައްވާ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވާފައިވާކަމަށެވެ. މިއީ ހެޔޮ ފެށުމެއް ކަމުގައި ގެމަނަފުށީ މަސްވެރިން ސިފަ ކޮށްފައިވެއެވެ.

މިއަދު ހެނދުނު ގެމަނަފުށީ މަސްވެރިންނާއި މަސްވެރިންގެ ވަޒީރު ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުކުރެއްވުމުގައި ގެމަނަފުށީ މަސްވެރިންގެ ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ހުވަދު އަތޮޅުގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓްތަކުން ހިދުމަތް ނުލިބޭ މައްސަލަ އާއި މަސްވެރިން އަތުން މަސް ކިރާފައި ބިލްތަކަށް ފައިސާ ނުލިބޭ މައްސަލަ ގެމަނަފުށީ މަސްވެރިން ފާހަގަކޮށްފައިވެއެވެ.

https://twitter.com/Gemasverin/status/1068422366361903104

އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.އަދި މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމުގައިވެސް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް