ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
އެ މަގާމަށް ހަމަޖައްސާފައިވަނީ ގަލޮޅު ޔުރެނަސް މުހައްމަދު ރިޒްވީ އެވެ.
އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ ރިޒްވީ އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.
އެ މަގާމަށް ރިޒްވީ ހަމަޖެއްސުމާ ހަމައަށް އޭނާ ހުންނެވީ އައިއޭއެސްއިން ހިންގާ ޓްރެވަލް ބިއުރޯ "މޯލްޑިވިއަން ހޮލިޑޭސް"ގެ ހެޑްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް