ފެން ކުންފުނީގެ އެމްޑީ ކަމަށް އާދަމް އާޒިމް

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. އެ މަގާމަށް ހަމަޖައްސާފައިވަނީ މ.ސީނުކަރަންކާގޭ އާދަމް އާޒިމް އެވެ. އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އ...

30 Nov 2018 | 10:01

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައިވަނީ މ.ސީނުކަރަންކާގޭ އާދަމް އާޒިމް އެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ އާޒިމް އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާޒިމް ހަމަޖައްސާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑިކަން އާޒިމް ކުރެއްވިއެވެ. އެސްޓީއޯގެ އެމްޑީކަން އާޒިމް ކުރެއްވި އިރު އޭނާ ވަނީ އެ ކުންފުންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާދެއްވާފައެވެ.

އާޒިމް އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނެވިއިރު ހިންގި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ ރަށްރަށުގައި އެސްޓީއޯގެ ބޭސްފިހާރަތައް ހުޅުވުމެވެ. އެ ޕްރޮޖެރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަ ހުޅުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް