އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން އަމްރު

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. އެ މަގާމަށް ހަމަޖައްސާފައިވަނީ ގަލޮޅު ހައްދުންމަތީދެކުނުގޭ ހުސެއިނ...

30 Nov 2018 | 09:40

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައިވަނީ ގަލޮޅު ހައްދުންމަތީދެކުނުގޭ ހުސެއިން އަމްރުއެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަންގ ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ އަމްރު އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

އެ މަގާމަށް އަމްރު ހަމަޖައްސާފައިވާއިރު މީގެ ކުރިން އަމްރު ވަނީ އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފައެވެ. އަމްރު އަކީ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް