މޫސުމާއިބެހޭ ގައުމީ އިދާރާއިން ދެކުނުގެ ފަސް އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނެފައިވަނީ ލ އަތޮޅާއި އައްޑޫސިޓީ އާއި ދެމެދުގެ ރަށްތަކަށް އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.
ދެކުނުގެ ފަސް އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާއިރު އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅާއި ވ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް