މިރޭ ފަތިހުން ފެށިގެން ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު އިތުރަށް ގަދަވެގެންދާނެ ކަމުގައި މެޓް އޮފީހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނެފައިވަނީ މިރޭ ފަތިހުން ފެށިގެން ސިވިއަރ ސައިކްލޯނިކް ސްޓޯމް އަކަށް ބަދަލުވެ އިތުރަށް ގޯސްވާނެ ކަމުގައި ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވާކަމަށެވެ.
ޔެލޯ އެލާޓް ނެރެފައިވާއިރު މެޓް އޮފީހުން ވިދާޅުވީ ތޫފާން ދަތުރ ކުރަމުންދަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދުން ހުޅަނގު އުތުރަށް ކަމަށެވެ. ތޫފާނުގެ އަސަރު ރާއްޖެއަށް ކުޑަވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ އާދީއްތަ ދުވަހު ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް