މޫސުން އިތުރަށް ގޯސްވެދާނެ ކަމުގައި ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފި އެވެ. މި އެލާޓު ނެރެފައިވަނީ ހއ އަތޮޅާއި ވ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ނެރުނު މި ޔެލޯ އެލާޓުގައި ބުނެފައިވަނީ މި ސަރަހައްދުތަކަށް މިރޭ 07:00 އާއި މިރޭ ދަންވަރު 01:00 އާއި ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް އާންމުގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް