މި ތޫފާނަށް ދީފައިވާ ނަމަކީ އޯޗީ، އިތުރު ތޫފާނެއް އުފެދުމުގެ މަގުމަތީގައި

މިހާރު އުފެދިފައިވާ ތޫފާނަށް ދީފައިވާ ނަމަކީ ، ތޫފާނު އޯޗީ ކަމާއި އަދި ކުރިއަށް އޮތް ތާނގައި އިތުރު ސެޓަޕެއް އުފެދެމުން އަންނަ ކަމުގައި މެޓް އޮފީހުންވެސް ކަށަވަރު ކޮށްދެއްވައިފި އެވެ. އެކިއޮވެދާގައި ޝ...

30 Nov 2017 | 13:06

މިހާރު އުފެދިފައިވާ ތޫފާނަށް ދީފައިވާ ނަމަކީ ، ތޫފާނު އޯޗީ ކަމާއި އަދި ކުރިއަށް އޮތް ތާނގައި އިތުރު ސެޓަޕެއް އުފެދެމުން އަންނަ ކަމުގައި މެޓް އޮފީހުންވެސް ކަށަވަރު ކޮށްދެއްވައިފި އެވެ.

އެކިއޮވެދާގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކަށް ރިއާޔަތް ކޮށް މެޓް އޮފީހާ ސުވާލު ކޮށްލުމުން މެޓް އޮފީހުން "ދުވަހަށް" ވިދާޅުވީ މިހާރު މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާނު އޯޗީ ކަމަށެވެ. އަދި އެއީ ބަންގްލަދޭޝް އިން ދީފައިވާ ނަމެއް ކަމަށެވެ. ބަންގްލަދޭޝް ބަހުން ނަމަ އޯޗީގެ މާނައަކީ ލޮލެވެ.

އެކިއުވެދާގައިވާގޮތުން ސައިކްލޯނެއްގެ އިތުރު ސެޓަޕެއް މިހާރު ވަނީ އުފެދިފަ އެވެ އަދި އެ ދަތުރު ކުރާނީ އިންޑިއާއާއި ލަންކާއާއި ދިމާއަށެވެ.

އުފެދިފައިވާ އައު ސެޓަޕާއި ބެހޭގޮތުން މެޓް އޮފީހާއި ސުވާލު ކޮށްލުމުން ވިދާޅުވީ އެ ސެޓަޕް އުފެދިފައިވީނަމަވެސް އޭގެން ކޮށްފާނެ އަސަރެއް އަދި ދަންނަވަން ދަތި ކަމަށާއި އެހެންނަމަވެސް ދެކުނުގެ އަތޮޅުތަކަށް އެކަމުންވެސް ވިއްސާރަ އަތުވެދާނެ ކަމުގައި ބެލެވޭ ކަމަށެވެ.

އެކިއޮވެދާގައި ސިފަކޮށްފައިވަނީ "ޑަބަލް ޓްރޮޕިކަލް ތްރެޓް" ގެ ގޮތުގަ އެވެ. އެހެންކަމުން މޫސުން އަލިވާން ކިހާ ދުވަހެއް ނަގާފާނެތޯ ސުވާލު ކޮށްލުމުން މެޓް އޮފީހުން ވިދާޅުވީ ތޫފާނު އޯޗީގެ އަސަރު ރާއްޖެއަށް ކެނޑޭނެ ކަމަށް ލަފާ ކުރެވެނީ އާދީއްތަ ދުވަހަށް ކަމަށެވެ. އަދި އަލަށް އުފެދުނު ސެޓަޕްގެ އަސަރު ކުރަން ފަށާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހު ކަމަށާއި އެހެނަސް އެ ސެޓަޕްގެ މިސްރާބަށް ރިއާޔަތް ކުރާއިރު ރާއްޖެއަށް މާ ބޮޑު އަސަރެއް ކޮށްފާނެ ކަމުގައި ނުބެލެވޭ ކަމުގައިވެސް މެޓްގެ އޮފިޝަލު ދުވަހަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް