މިދުވަސްވަރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ގަދަވަޔާއެކު ބޯކޮށްވާރޭވެހި އެކިރަށްތަކަށް ފެންބޮޑުވުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމުގެ ޙާދިސާތަކެއް ދަނީ ހިނގާމުންނެވެ. މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެއެވެ. ވުމާއެކު އަންނަނިވި ކަންކަމަށް ސަމާލުވުން މުހިންމެވެ.
> ކޮންމެހެން ކުރަންޖެހިގެންނޫނީ ދަތުރު ނުކުރުން
> އެކަށީގެންވާ މިންވަރަށްވުރެ ގިނައިން އުޅަނދަށް އެއްޗެހި އަދި މީހުން ނޭރުން
> ދަތުރުކުރާއިރު ހުރިހާ މުވާޞަލާތީ ވަސީލަތެއް ހަމަކުރުން
> އުޅަނދުގެ ސަލާމަތީ ކަންކަން ކަށަވަރު ނުކޮށް ދަތުރު ނުކުރުން
ގަދަވައިން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
> ކޮޅިގަނޑުގައި އަންނަ ގަދަވަޔަށް ސަމާލުވެ ޚާއްޞަކޮށް ދެރަކޮށް ހެދިފައިހުންނަ އިމާރާތްތަކާއި ގެދޮރުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
> ގަދަވަޔާއެކު ވާރޭވެހޭއިރު ރައްކާތެރި އިމާރާތެއްގައި ތިބުން.
> ކޮޅިގަނޑުގައި ޖެހޭވައިގެ ސަބަބުން އެއްލާލަފާނެތަކެތި އެއްލާނުލާނެހެން ބަންދެފައި ބެހެއްޓުން.
> ގޭގެ ފުރާޅު އެއްލާލާފާނެކަމަށް ސަމާލުވެ ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުން.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
> ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
> ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. (ގޭގެ ކުރިމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުން)
> ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭނެހެން އުސްތަނަކަޤ ބަދަލުކުރުން.
> އުސްތަންތަނަށް ބަދަލު ނުކުރެވޭތަކެތި ފެނުގެ އަސަރު ނުކުރާ ތަނަކަށް ބަދަލުކުރުން.
އުދައިން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
> އުދައިގެ ސަބަބުން ރަށުތެރެއަށް ލޮނުގަނޑު ވަދެ ގޭގެއަށް އަސަރުކޮށްފާނެފަދަ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވެލިބަސްތާ ތައްޔާރުކޮށްފައި ބެހެއްޓުން.
> އުދައިގެ ސަބަބުން ރަށުތެރެއަށޤ ވަންނަ ލޮނުގަނޑުގެ އަސަރު ނުކުރާނެ ގޮތަށް ރައްޔިތުންގެ މުދަލާއި އެހެނިހެން ސާމާނު ރައްކާތެރި ތަނަކަށް ބަދަލުކުރުން.
> ގޮނޑުދޮށާއި ކައިރީގައި ހުންނަ ކެފޭ، ފިހާރަފަދަ ތަންތަން އުދައިގެ އަސަރުކޮށްފަނެކަމަށް ތައްޔާރުވުން.
> ގޮނޑުދޮށާއި ކައިރި ސަރަހައްދުގައި ދުއްވާ އުޅަނދު ޕާކުކުރާ ފަރާތްތަކުން އުދައަރާފާނެކަމަށް ދުއްވާ އުޅަނދު އުދައިގެ އަސަރު ނުފޯރާނެ ތަނަކަށް ގެންދިޔުން.
ކަނޑުމަތީގެ ހާދިސާތަކުން ރާއްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
> ކަނޑުގެ ދަތުރު ކުރުމުގެ ކުރިން އޮޑީގެ ސަލާމަތީ ކަންކަން ހަމައަށް ހުރިތޯ ޔަގީންކުރުން.
> އޮޑީގެ މުވާޞަލާތީ ވަޞީލަތްތައް މަސައްކަތްކުރޭތޯ ބަލައި ޗެކުކުރުން.
> ދަތުރަށް ބޭނުންވާ ޕެޓްރޯލް/ޑީސަލް ހަމައަށް ހުރިތޯ ޔަގީންކުރުން.
> އޮޑިއަށް އަރުވާ އެންމެންނަށް ހަމައަށް ލައިފު ޖެކެޓު ހުރިތޯ ޔަގީންކުރުން.
> އޮޑީގައި ލައިފް ރާފްޓު ބެހެއްޓުން.
> އޮޑީގައި އަލިފާން ނިއްވަން ބޭނުންކުރާ ފުޅި ބެހެއްޓުން. އަދި މިފުޅި ބޭނުންކުރާގޮތް އޮޑީގެ އެންމެނަށްވެސް ދަސްކޮށްދިނުން.
> އިމަޖެންސީ ކޮންޓެކްޓްސް ނަންމަރުތައް ދައްކުވައިދޭ ގަނޑެއް އެންމެންނަށް ފެންނަ ތަނެއްގައި ތަތްކޮށްފައި ބެހެއްޓުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް