ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މީޑީއާ، ޕީއެސްއެމްގެ ހަބަރު ގަޑީގަ އެވެ. ޕީއެސްއެމްގެ ހަބަރު ގަޑީގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ ޑިރެކްޓަރު ވިދާޅުވީ އެ ކޮޅިގަނޑު ޓްރޮޕިކަލް ސައިކްލޯނަކަށް ބަދަލުވެފައިވާކަމަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ ތޫފާނު ބާރުގަދަވަމުން އައި ނަމަވެސް ތޫފާނުގެ ވިލާތައް ދަތުރު ކުރަމުން އަންނަނީ ރާއްޖެއާއި ދުރަށް ކަމަށެވެ. މިސްރާބު ހުރީ އަރަބި ކަނޑާ ދިމާއަށް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސަރަހައްދަށް ވިލާތައް އަރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެ އެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި މި ކޮޅިގަނޑުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރާނެ އެވެ. ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާއިރު ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް