ސަމާލުކަމަށް: ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މެންދުރު 2:55ގައި މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި...

30 Nov 2017 | 09:54

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މެންދުރު 2:55ގައި މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

ޔެލޯ އެލާޓު ނެރެފައިވާއިރު ކޮޅިގަނޑު އިތުރަށް ގަދަވެދާނެތީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް