ދޮންވެލި ރިސޯޓުގެ ސަޕްލައި ދޯނި ބަންޑުން ޖަހާލައިފި

ކ ހުރައާއި އެއް ފަޅެއްގައި އޮންނަ ސިނަމަން ދޮންވެލި ރިސޯޓުގެ ސަޕްލައި ދޯނި ބަންޑުން ޖަހާލައިފި އެވެ. ދުވަހަށް މައުލޫމާޔު ދެއްވަމުން އެ ރިސޯޓްގެ އެސިސްޓަންޓް މެނޭޖަރ ހަސަން ސިހާބު ވިދާޅުވީ އެ ހާދިސާ ހި...

30 Nov 2017 | 09:30

ކ ހުރައާއި އެއް ފަޅެއްގައި އޮންނަ ސިނަމަން ދޮންވެލި ރިސޯޓުގެ ސަޕްލައި ދޯނި ބަންޑުން ޖަހާލައިފި އެވެ.

ދުވަހަށް މައުލޫމާޔު ދެއްވަމުން އެ ރިސޯޓްގެ އެސިސްޓަންޓް މެނޭޖަރ ހަސަން ސިހާބު ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު 12:07 ހާއިރު ކަމަށެވެ. ދޯނި ބަންޑުން ޖަހާލީ ރިސޯޓާ ކައިރިން ގިރިފުށި ކައިރިއަށް ކަމަށެވެ.

"ކުނި ބަރުކޮށްގެން ތިލަފުއްޓަށް ދޯނި ނައްޓާލި ވަގުތު ކޮޅިގަނޑާ ލައްވާލީ ކަމަށް ބެލެވެނީ، ބަންޑުން ޖަހާލުމާއެކު ރިސޯޓުން އިތުރު ދޯންޏެއް ފޮނުވައިގެން މީހުން ސަލާމަތް ކުރެވިއްޖެ، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ" ޝިހާބު ވިދާޅުވި އެވެ.

ޝިހާބު އިތުރަށް ވިދާޅުވީ އެ ދޯންޏަކީ ގާތްގަނޑަކަށް 75 ފޫޓުގެ ދޯންޏެއް ކަމަށާއި ދޯނި ބަންޑުން ޖަހާލި އިރު ދިވެހި ކެޕްޓަނަކާއި ބިދޭސީ ތިން ފަޅުވެރިން ތިބި ކަމަށެވެ. އަދި މި ހާދިސާ ފުލުހުންނާއި ސިފައިންނަށް މިހާރު ރިޕޯޓު ކޮށްފައި ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް