ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގާ ކަނޑުމަތީގެ 13 ހާދިސާއެއް މިހާތަނަށް ރިޕޯޓް ކޮށްފައިވާކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް މި މައުލޫމާތު ހިއްސާ ކޮށްފައިވަނީ މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.
އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ވިދާޅުވީ އަތޮޅުތަކުގެ ހާލު ދަނީ ގާތުން ބަލަމުން ކަމަށާއި އެމްއެންޑީއެފްގެ އޭރިއާތައް އޮތީ ތައްޔާރަށް ކަމަށެވެ. ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެ ނަމަ 191 އަށް ގުޅުމަށް އިލްތިމާސް ކުރައްވާކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް