އަހަރެމެން މިތިބީ ތައްޔާރަށް، އަތޮޅުތަކުގެ ހާލު ގާތުން މިދަނީ ބަލަމުން: އެމްއެންޑީއެފް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ދިމާވެދާނެ އަދި ދިމާވަމުންދާ ކަންކަމަށް ސިފައިން ތިބީ ތައްޔާރަށް ކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން މިހެން ބުނެފައިވަނީ މީޑިއާތަކަށް މައު...

30 Nov 2017 | 08:07

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ދިމާވެދާނެ އަދި ދިމާވަމުންދާ ކަންކަމަށް ސިފައިން ތިބީ ތައްޔާރަށް ކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރަމުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަތޮޅުތަކުގެ ހާލު ދަނީ ގާތުން ބަލަމުން ކަމަށާއި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެ ނަމަ 191 އަށް ގުޅުމަށް އިލްތިމާސް ކުރައްވާކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް