ކޮޅިގަނޑުގައި ލަންކާއިން މަރުވި މީހުންގެ އަދަދު ހަތަރަކަށް، ގެއްލުނު މީހުންގެ އަދަދު 23 އަށް

މިހާރު ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ގަދަ ވަޔާއެކު ލަންކާއަށް ބޯކޮށް ވާރޭ ވެހެމުން އަންނައިރު ތަފާތު އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު ހަތަރަކަށް އަދި ގެއްލިފައި...

30 Nov 2017 | 08:00

މިހާރު ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ގަދަ ވަޔާއެކު ލަންކާއަށް ބޯކޮށް ވާރޭ ވެހެމުން އަންނައިރު ތަފާތު އެކި ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު ހަތަރަކަށް އަދި ގެއްލިފައިވާ މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.

މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުންނެވެ.

އެ ސެންޓަރުގެ މިނިސްޓަރު އަނޫރާ ޕުރިޔާދަރުޝަނާ ޔާޕާ ބުނެފައިވަނީ ހަތަރު މީހަކު މަރުވެފައިވާއިރު ގެއްލިފައިވަނީ 23 މަސްވެރިއަކު ކަމަށެވެ.

ގެއްލުނު މަސްވެރިން ނިސްބަތްވަނީ ހަމްބަޓޯޓާ، ގައްލޭ އަދި މޮނެރަގަލަ އަށް ކަމުގައި އޭނާ ބުނެފައި ވެ އެވެ.

މަރުވެފައިވަނީ ގައްލޭގެ އަކުރާލާއިން ދެ މީހަކު، ބާދުއްﷲގެ ލުނުގާލާއިން އެކަކު އަދި ހުނުޕިޓިޔާގެ ވައްޓަލަ އިން އެކަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް