މޫސުން އިންތިހާއަށް ގޯސްވެ ލަންކާގައި ދެ މަސްވެރިއަކު މަރުވެއްޖެ

ލަންކާގައި މޫސުން އިންތިހާއަށް ގޯސްވެފައިވާއިރު ދެ މަސްވެރިއަކު މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ލަންކާގެ ނޫހެއް ކަމުގައިވާ ހިރޫ ނިއުސް އިން ރިޕޯޓް ކޮށްފި އެވެ. އެ ނޫހުގައި ކަމާބެހޭ ފަރާތްތަ...

30 Nov 2017 | 07:19

ލަންކާގައި މޫސުން އިންތިހާއަށް ގޯސްވެފައިވާއިރު ދެ މަސްވެރިއަކު މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ލަންކާގެ ނޫހެއް ކަމުގައިވާ ހިރޫ ނިއުސް އިން ރިޕޯޓް ކޮށްފި އެވެ.

އެ ނޫހުގައި ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ ތަންގައްލޭ އައްސޭރިއަށް މަސްވެރިއަކު މަރުވެގެން ލައްގާފައި އޮއްވާ ފެނިފައިވާއިރު ކަހާވާގެ އަމްބަލަގޯޑާގައި މަސް ދޯންޏެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާއެއްގައި އިތުރު މަސްވެރިއަކު މަރުވެފައިވާކަމަށެވެ.

މީގެ އިތުރުން ދެ މަސްބޯޓެއް ގެއްލިފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށްވެސް ހިރޫ ނިއުސްގައި ރިޕޯޓް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް