ކޮޅިގަނޑުގައި ދ މީދޫއަށް ބޮޑެތި ގެއްލުންތަކެއް – ސިފައިން ހަރަކާތްތެރިވާން ފަށައިފި

ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ދ މީދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ގެއްލުންތަކެއް ލިބިފައިވަނީ ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން...

30 Nov 2017 | 07:05

ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ދ މީދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގެއްލުންތަކެއް ލިބިފައިވަނީ ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުންނެވެ. ލިބުނު ގެއްލުންތަކުގެ ތެރޭގައި ބައެއް ގެތަކަށް ފެން ވަނުމާއި ބައެއް ގެތަކުގައި ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވުން ހިމެނެ އެވެ. އަދި ކުޅިވަރު ކުޅޭ ސަރަހައްދެއްގެ ފެންސެއްވެސް ވަނީ އަރި އަޅާލާފަ އެވެ.

އެ ރަށުން ދުވަހަށް މައުލޫމާތު ދިން މީހަކު ބުނީ ފެން ހިންދުމުގެ މަސައްކަތް އެރަށުގެ ރައްޔިތުންނާއި ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުނ އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މީދޫގައި އެމްއެންޑީއެފް ސެންޓްރަލްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީދޫގައި ފެންބޮޑުވެ ގެއްލުންތަކެއް ވެފައިވާއިރު މޫސުމާއި ބެހޭ އިދާރާއިން އެންމެ ފަހުން ބުނެފައިވަނީ ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް