މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ހއ އަތޮޅާއި މ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން 11:30ގައި ނެރެފައިވާ މި ޔެލޯ އެލާޓުގައި ބުނެފައިވަނީ މިއަދު ހެނދުނު 11:45 އާއި މެންދުރުފަހު 3:00 އާއި ދެމެދުގެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާކަމަށެވެ.
މެޓް އޮފީހުން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފައިވާއިރު ދެންމެ އެ އިދާރާއިން މީޑިއާތަކަށް ފޮނުވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮޅިގަނޑު އިތުރަށް ވަރުގަދަ ވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް