އިތުރަށް ސަމާލުވެލައްވާ، ކޮޅިގަނޑު ދަނީ އިތުރަށް ބާރުގަދަވަމުން: މެޓް އޮފީސް

ސްރީލަންކާގެ ހުޅަނގުގައި ހުރި ބާރުގަދަ ކޮޅިގަނޑު މަޑުމަޑުން ހުޅަނގުއުތުރަށް ޖެހެމުން ދާއިރު އޭގެ ވިލާތައް ރާއްޖޭގެ މައްޗަށް އަރާ ގަދަވަޔާއެކު ވިއްސާރަ ކުރަމުން އެބަ އަންނަ ކަމަށް މެޓް އޮފީހުން ބުނެފި ...

30 Nov 2017 | 06:36

ސްރީލަންކާގެ ހުޅަނގުގައި ހުރި ބާރުގަދަ ކޮޅިގަނޑު މަޑުމަޑުން ހުޅަނގުއުތުރަށް ޖެހެމުން ދާއިރު އޭގެ ވިލާތައް ރާއްޖޭގެ މައްޗަށް އަރާ ގަދަވަޔާއެކު ވިއްސާރަ ކުރަމުން އެބަ އަންނަ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިހެން ބުނެފައިވަނީ މީޑިއާތަކަށް ފޮނުވާފައިވާ ނޫސް ބަޔާނެއްގައި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެ އެވެ. ހަމައެއާއެކު ވައިގަދަވެ ކަނޑުތައްވެސް ގަދާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

"އަދިވެސް އިތުރަށް ބާރުގަދަވަމުންދާ މި ކޮޅިގަނޑުގެ މިސްރާބު ހުރީ ސްރީލަންކާ، ދެކުނުއިންޑިއާގެ ހުޅަނގުއުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށެވެ." މެޓް އޮފީހުން ބުނެފައި ވެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ވީމާ ހާއްސަކޮށް ދަތުރުވެރިންނާއި މަސްވެރިން ކަނޑުތަކަށް ނުކުތުމުގައި ވަރަށްބޮޑަށް ސަމާލުވެ މޯލްޑިވްސް ކޯސްޓް ގާޑް އަދި މެރިން ޕޮލިސްގެ ލަފާ ހޯއްދަވައިގެން ދަތުރު ކުރެއްވުމަށް ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް