އިންޑިޔާގެ އުއްތަރް ޕްރަދޭޝްގައި ކުއްވެރިވި ހިމާރުތަކެއް ހަތަރު ދުވަސްވަންދެން ޖަލުގައި ބަންދުކޮށްފިއެވެ.
މި އަށް ހިމާރު ކުއްވެރިވެފައިވަނީ އުއްތަރް ޕްރަދޭޝްގެ އުރާއީ އަވަށުގެ ޖަލުގެ ބޭރުގައި އިންދުމަށް ގެނެސްފައިހުރި އަގުބޮޑު ގަސްތަކެއް ކާލުމުންނެވެ.
އުރާއީ ޖަލުގެ އޮފިޝަލެއް ބުނެފައިވާގޮތުގައި ހިމާރުތައް ޖަލަށް ލާންޖެހުނީ ގަސްތަކަށް ގެއްލުން ދީފާނެކަމަށް ބަލަައި ހިމާރުތަކުގެ ވެރިޔާއަށް ހިމާރުތައް މަގުމައްޗައް ދޫކޮށްނުލުމަށް އަނގާފައިވަނިކޮށް އެ ހިމާރުތައް ދޫކޮށްލައިފިވަނިކޮށް އެ ހިމާރުތައް ގަސްތައް ކާލުމުގެ ސަބަބުންކަމުގައެވެ. އަދި ހިމާރުތައް ކާލައިފައިވަނީ ފަސްލައްކަ ރުޕީސްގެ އަގުހުރި ގަސްތަކެއްކަމަށް އެ އޮފިސިއަލް ވަނީ މައުލޫމާތު ދީފައެވެ.
ނޮވެމްބަރ 24 ވަނަ ދުވަހު ހިމާރުތައް ޖަލަށްލުމުން ހިމާރުތަކުގެ ވެރިޔާވަނީ ހިމާރުތައް މިނިވަންކޮށްދިނުމަށް އެދި ޖަލުގެ ވެރިޔާގާތަށް ގޮސްފައެވެ. އެހެން ނަމަވެސް ހަތަރު ދުވަހު މަސައްކަތްކޮށްގެން ވެސް ހިމާރުތައް މިނިވަން ނުކޮށްދިނުމުން ހިމާރުތަކުގެ ވެރިޔާ އެންމެ ފަހުން އެހީއަށް އެދި ދިޔައީ އިންޑިޔާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އެ އަވަށުގެ ލީޑަރު ގާތަށެވެ. މި ލީޑަރު ވަނީ ޖަލަށް ގޮސް އެ ހިމާރުތައް މިނިވަންކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް