ޑާޓާ މޮނިޓަރ ކޮށް ޑާޓާ ސަލާމަތްކޮށްދޭ އެޕްލިކޭޝަނެއް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ގޫގަލް އިން ލޯންޗް ކޮށްފި އެވެ.
އިއްޔެ ލޯންޗުކޮށް އާންމުކޮށް ދޫކޮށްލާފައިވާ އެޕްލިކޭޝަންގެ ނަމަކީ ޑޭޓަލީ އެވެ. ގޫގަލް އިން ބުނެފައިވާގޮތުގައި މި އެޕްލިކޭޝަން ފޯނުތަކަށް އިންސްޓޯލް ކުރުމުން ޑާޓާ ބޭނުންކުރެވޭ މިންވަރު ދެނެގަނެ ޑާޓާ ސަލާމަތް ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި މި އެޕްލިކޭޝަނަކީ އެތައް ދިރާސާތަކަކަށްފަހު "އެފެކްޓިވް" ވާނެ ކަމުގެ ޔަގީން ކަމާއެކު ލޯންޗު ކޮށްފައިވާ އެޕްލިކޭޝަނެއް ކަމުގައިވެސް ގޫގަލް އިން ބުނެ އެވެ.
ގޫގަލްގެ މި އެޕްލިކޭޝަން ބާރު ސްޕީޑެއްގައި ގިނަ ބަޔަކު ޑައުންލޯޑްކޮށް ބޭނުންކުރަން ފަށާފައިވާއިރު ރިވިއުތަކުގައިވެސް ގިނައީ ޕޮޒިޓިވް ފީޑްބެކްކަން ފާހަގަ ކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް