އެމެރިކާގެ ރައީސްގެ ޑޮނާލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރި މީހާ އޭނާ އެކަން ކުރި ގޮތާއި އެކަންތައް ވެގެން ދިޔަގޮތް މީޑިއާއާއި ހިއްސާ ކޮށްފި އެވެ.
ޓެކް ކްރަންޗަށް ދީފައިވާ އިންޓަވިއުއެއްގައި ބައްތިއާ ދުއިސަކް ނަމަކަށް ކިޔާ އެމީހާ ބުނެފައިވަނީ އޭނާ ޑޮނާލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ޑިއެކްޓިވޭޓް ކުރީ ގަސްތުގައި ނޫން ކަމަށާއި އެކަން އެގޮތަށް ހިނގާދިޔަކަން އެނގުނީވެސް މާ ފަހުން ކަމަށެވެ.
އޭނާ ބުނެފައިވާގޮތުގައި ޓްވިޓާގައި އޭނާ މަސައްކަތް ކުރަމުންދިޔައީ ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެ ދުވަހަކީ އޭނާގެ އެންމެ ފަހު ދުވަސް ކަމުން، ޓްވިޓާއިން ދީފައިވާ އެކްސެސް ކަނޑާލަންދެން އެންމެ ފަހު ވަގުތު މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނެފައި ވެ އެވެ.
މީގެ އިތުރުން އެންމެ ފަހު ވަގުތު ޓްރަމްޕްގެ އެކައުންޓް މީހަކު ރިޕޯޓް ކުރުމުން، އެކަން ކުރަން އޮންނަ އުސޫލުން އެކަމުގެ ޕްރޮސެސްގެ ތެރެއަށް ޓްރަމްޕްގެ އެކައުންޓް ލީ ކަމަށާއި ނަމަވެސް ޓްރަމްޕްގެ އެކައުންޓް ޑިއެކްޓިވޭޓް ވެދާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދެއް ނުކުރާ ކަމަށް އޭނާ ބުނެފައި ވެ އެވެ.
ނަމަވެސް ޓްރަމްޕްގެ އެކައުންޓް 11 މިނެޓަށް ޑިއެކްޓިވޭޓް ވެގެން ދިޔަ އެވެ. މި މަހު ކުރީކޮޅު މިކަން ހިނގާ ދިއުމުން ބައިނަލްއަގްވާމީ މީޑިއާގެ ފަލަސުރުހީން އެކަން ޖާގަ ހޯދި އެވެ. އަދި އެކަން ކުރި މީހަކީ ކާކުކަން އޭރު ނުއެނގުނު ނަމަވެސް އެމީހެއްގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފު ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް