ރާއްޖޭގެ ދެ ސަރަހައްްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ދެ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ. މި ދެ ސަރަހައްދަކީ ހއ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތައް ހިމެނޭ ސަރަހައްދާއި ރ އަދި އައ...

30 Nov 2017 | 03:50

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ދެ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މި ދެ ސަރަހައްދަކީ ހއ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތައް ހިމެނޭ ސަރަހައްދާއި ރ އަދި އައްޑޫސިޓީ އާއި ދެމެދުގެ ރަށްތައް ހިމެނޭ ސަރަހައްދެވެ.

އެގޮތުން ހއ އަދި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ. ރ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 08:30 އިން ފެށިގެން މެންދުރު 2:30 އާއި ހަމައަށެވެ.

ހއ އަދި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމުގައި ލަފާކޮށްފައިވާއިރު ރ އަދި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް އާދައިގެ ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގައި ކަމުގައި ބުނެފައި ވެ އެވެ. އަދި އެ ސަރަހައްދަށްވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައި ވެ އެވެ.

މި ދެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާއިރު ރޭ އިރާކޮޅުގެ ވަގުތެއްގައި މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އިރު އުތުރުން ސްރީ ލަންކާ ކައިރިން ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް