ލަންކާއަށް ދިޔަ ދެ ފްލައިޓެއް، މޫސުން ގޯސްވުމުން ޑައިވާޓް ކޮށްފި

އިންޑިއާގެ ޗެންނާއި އަދި ބެންގަލޫރުން ލަންކާއަށް ދަތުރުކުރި ދެ ފްލައިޓެއް، މޫސުން ގޯސްވުމުގެ ސަބަބުން ޑައިވާޓް ކޮށްފި އެވެ. ލަންކާގެ ނޫހެއް ކަމުގައިވާ ޑެއިލީ މިރަރ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ލ...

29 Nov 2017 | 23:06

އިންޑިއާގެ ޗެންނާއި އަދި ބެންގަލޫރުން ލަންކާއަށް ދަތުރުކުރި ދެ ފްލައިޓެއް، މޫސުން ގޯސްވުމުގެ ސަބަބުން ޑައިވާޓް ކޮށްފި އެވެ.

ލަންކާގެ ނޫހެއް ކަމުގައިވާ ޑެއިލީ މިރަރ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އޮތް ދެ ފްލައިޓެއް، މޫސުން ގޯސްވުމުން ވަނީ ޑައިވާޓްކޮށް މައްޓަލަ އެއާޕޯޓަށް ޖައްސާފަ އެވެ.

މޫސުން ރަނގަޅުވިހާ އަވަހަކަށް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސުމުގެ ހުއްދަ ދޭނެ ކަމަށް އެ އެއާޕޯޓްގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް