މިހާރު އުފެދިފައިވާ ކޮޅިގަނޑުގައި ކުރިއަށް އޮތް 12 ގަޑިއިރަށް ލަންކާގައި ރެޑް އެލާޓް ނެރެފައިވާއިރު ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ލަންކާގައި މިވަގުތު ތިބި ދިވެހިން ގެއިން ނުނުކުމެ ތިބުމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މުންދު މިހެން ވިދާޅުވެފައިވަނީ އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓްގައި މުންދު ވިދާޅުވެފައިވަނީ ގެއިން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނުނުކުތުމަށާއި، ވައިގަދަވުމުން އަދި މޫސުން ގޯސްވުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށެވެ. އަދި ލޯ ޕްރެޝަރުގައި އުފެދިފަ ހުރި އެ ކޮޅިގަނޑު މިހާރު ޕްރެޝަރަށް ބަދަލުވެފައިވާ ކަމަށާއި އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ލަންކާގަ ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅުމަށް ވެސް މުންދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މި ކޮޅިގަނޑުގެ އަސަރު ލަންކާއަށް ކުރަމުން އަންނައިރު ލަންކާގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. އަދި ބައެއް ގެތަކުގެ ފުރާޅު އެއްލާލުންފަދަ ކަންކަން ހިނގާފައިވާކަމުގައި ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް