ރާއްޖޭގެ އިރު އުތުރުން ސްރީ ލަންކާގެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކޮށްފާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފައިވަނިކޮށް ލ އަތޮޅުގެ ބައެއް ރަށްރަށުން އުރީދޫގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އެގޮތުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ލ އަތޮޅު މާބައިދޫ އަދި މާވަށުން އުރީދޫގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ސޯޝަލް މީޑިއާއިން ފެންނަ ބައެއް ޕޯސްޓްތަކަށް ބަލާއިރު ލ އަތޮޅުގެ ބައެއް ރަށްރަށަށް އުރީދޫގެ ހިދުމަތް މެދުކެނޑުނީ މިރޭ 02:30 ހާއިރު ކަމަށް ބެލެވެ އެވެ .
ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެކަމުގައި މެޓް އޮފީހުން ބުނެފައިވާއިރު މެޓް އޮފީހުން ވަނީ ދެކުނުގެ ދެ އަތޮޅަކަށް ވައިޓް އެލާޓް އަދި އުތުރުގެ ފަސް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް