މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މެޓް އޮފީހުން މިރޭ 02:08ގައި ޔެލޯ އެލާޓް ނެރެފައިވ...

29 Nov 2017 | 21:14

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިރޭ 02:08ގައި ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅާއި ރ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުގެ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިރޭ 03:00 އާއި މާދަމާ ހެނދުނު 08:00 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އަތޮޅާއި ރ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާއިރު ރާއްޖޭގެ އިރު އުތުރުން ސްރީ ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުމަށް ސަމާލުވުމަށް މިރޭ އިރާކޮޅު މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް