ވައިޓް އެލާޓް: ހުވަދުއަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް – ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެދާނެ

ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ. މިރޭ 12:20 ގައި ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިރޭ 12:...

29 Nov 2017 | 20:28

ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މިރޭ 12:20 ގައި ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިރޭ 12:30 އާއި މާދަމާ ހެނދުނު 06:30 އާއި ދެމެދުގެ ވަގުތުތަކުގައި ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް އާންމުގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހެމުންދާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވާއިރު ރާއްޖޭގެ އިރު އުތުރުން ލަންކާ ކައިރީގައި ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުމަށް ސަމާލުވުމަށް މިރޭ އިރާކޮޅު މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް