ޑިސެމްބަރު އެކަކުން ހަތަކަށް ލ.ބަރެސްދޫގައި ކުޅުމަށް ހަމަޖެހިފައިވާ ސުޓާ ވޯޒް ކުޅުމަށް ހޮލީވުޑްގެ މަޝްހޫރު ތަރިން ލާމަށް އައިސްފިއެވެ.
ލާމުގައި ކުޅެން ހަމަޖެހިފައިވަނީ މާކް ވޮލޮފް ގެ ސުޓަންޓްތަކެއް ހިމަނައިގެން 20 މަންޒަރެއް ކަމަށް ކުރިންވަނީ އެނގިފަ އެވެ. މާކް ވޮލްފަކީ ކުރިން ވައިގެ ސިފައިންގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި ގިނަ ހޮލީވުޑް ފިލްމުތަކުގައި ސުޓަންޓްވެސް ހަދާފައިވާ މީހެކެވެ.
މިކަމަށް ބޭނުންވާ ހެލިކޮޕްޓަރު މިހާރުވަނީ ކައްދޫ އެއާޕޯޓަށް ގެނެވި، ޓެސްޓް ސޫޓެއް ނަގައިފައެވެ. ހައްދުންމަތީގައި މިފަދަ ބޮޑު ފިލްމެއްގެ މަންޒަރު ނެގުމަކީ ހައްދުންމަތީ ރައްޔަތުންނަށް ލިބުނު ފަޙްރެއް ކަމުގައި ހައްދުންމަތީ ގިނަބަޔަކު ދެކެއެވެ. މިވާހަކަ ދަނީ ފޭސްބުކްގަޔާއި އަދި ޓުއިޓާރގައި ޓުރެންޓިން ވާހަކައެއްގެ ގޮތުގައި ދެކެވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް