ކުރީގެ މިނިސްޓަރު މުންދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މުންދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މިނިވަން...

30 Nov 2015 | 11:36

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މުންދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މިނިވަންކަމުގެ ރަން ޔޫބީލްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއު ޕޯޓާ ހަވާލުކުރި ކަމުގެ ތުހުމަތުގަ އެވެ.

ދައުވާ ކުރަން ޕީޖީ އަށް ފޮނުނާފައި ވާއިރު މިނިވަން 50 އަށް ރަސްމީ ޖާފަތް ތައްޔާރުކުރަން އިއުލާން ކުރިކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެ ޖާފަތަށް ވަޑައިގެންނެވި ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެފައި ވަނީ އެއީ ވަރަށް ފެންވަރުދަށް ޖާފަތެއް ކަމަށާއި ޖާފަތުގެ ކަންކަން ދިޔައީ އުންމީދުކުރި ގޮތަށް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް