އެސްޓީއޯ މެޑިކަލްސްގެ ގުދަން އަންނަ ޖެނުއަރީމަހު އަޅަންފަށަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެޑިކަލްސްގެ ގުދަން އަންނަ ޖެނުއަރީމަހު އަޅަންފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ. ބޭސް ރައްކާކުރުމަށް އަޅާ 6 ބުރީގެ ގުދަން ޢިމާރާތުގެ ބޭނުން ކުރަންފެށުމުން...

30 Nov 2015 | 11:17

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެޑިކަލްސްގެ ގުދަން އަންނަ ޖެނުއަރީމަހު އަޅަންފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ބޭސް ރައްކާކުރުމަށް އަޅާ 6 ބުރީގެ ގުދަން ޢިމާރާތުގެ ބޭނުން ކުރަންފެށުމުން އެސްޓީއޯ އިން މިހާރު ހުޅުވައިފައިވާ 186 ފާމަސީއަށް ބޭނުންވާ ބޭހާއި ރާއްޖޭގެ ހޮސްޕިޓަލުތަކަށް ބޭނުންވާ އެހެނިހެން ތަކެތި އެސްޓީއޯ އިން އެތެރެކޮށް، ރައްކާކުރުމަށް މިހާރު ދިމާވެފައިވާ ދަތިކަން ޙައްލުވެގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ.

ސަރުކާރާއި ދިވެހި ރައްޔިތުން ޙިއްޞާވާ ކުންފުނި އެސްޓީއޯއިން ބުނީ މިހާރު ކުރިއަށްދަނީ ޓެންޑަރ ކުރުމުގެ މަރުހަލާތައް ކަމަށާއި އެމަރުހަލާތައް ނިންމައި އަންނަ ޖަނަވަރީ މަހު ކޮންޓްރެކްޓަރެއް ހޯދަން އިޢުލާނު ކުރެވޭނެ ކަމަށެވެ.

އެސްޓީއޯ އިން މަސައްކަތް ކުރަމުން ގެންދަނީ ބޭހާއި ވަސީލަތްތައް އުފައްދާ ކުންފުނިތަކުން ރާއްޖެއަށް ބޭނުންވާ ވަރަށް ސީދާ އެސްޓީއޯއަށް އެތެރެކޮށް ވީހާ ހެޔޮ އަގުގައި ވިއްކުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް